ފްލެޓު ލިސްޓު މުރާޖާ ކުރަނީ، ފްލެޓް ލިބެނީ ހައްގުވެރިންނަށްތޯ ޔަގީން ކުރާނަން: މިނިސްޓަރ

2 months ago

އަފްރާހް

ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ނެރެފައިވާ ލިސްޓު އުވާނުލައްވާނެ ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.


ފްލެޓް ލިބުނު މީހުންގެ ލިސްޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރުކުރިއަށްދަނީ ލިސްޓު މުރާޖާ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ފްލެޓުތައް ލިބެނީ އެންމެ ހައްގުވެރި މީހުންނަށްކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.


މީގެއިތުރުން މި މަޝްރޫއުގެ ދަށުން އަޅާ 32 ޓަވަރުގެ ތެރެއިން 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށާއި އެހާތަނަށް ލިސްޓް އާންމު ކުރެވޭނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނައިރު، އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަހްމަދް ރަސީދު

ފުޅެޓް ދެން ހައްގު ވާނީ މިނިސްޓަރުގެ މީހުންނަށް. ގިޔާމަތް އަންނާނެ އަދުލު އިންސާފު ބޮލުގައި އެޅޭނީ މިނިސްޓަރު. ޙަނދާންކުރާތި!

2 months ago