ރާއްޖޭގެ ތިން ސްކޫލަކަށް ޕާކިސްތާނުން ޓީވީ އާއި ކޮމްޕިއުޓަރ ހަދިޔާކޮށްފި

2 months ago

އަފްރާހް

ރާއްޖޭގެ ތިން ސްކޫލަކަށް ޕާކިސްތާނުން ޓީވީ އާއި ކޮމްޕިއުޓަރ ހަދިޔާކޮށްފިއެވެ.


ޖުލައި 29 ވީ ހޯމަ ދުވަހު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓީވީ އާއި ކޮމްޕިއުޓަރ ހަދިޔާކޮށްފައިވަނީ މަދުރަސަތުލް އަމީރް އަހްމަދު ޕްރީ ސްކޫލާއި ކެންގަރޫ ކިޑްސް އަދި ބިލަބޮންގ ހައި-އިންޓަރނޭޝަނަލް ސްކޫލަށެވެ.


މި ސްކޫލުތަކަށް މިތަކެތި ހަވާޅުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓެއަރޑް މުހައްމަދު ފައްޔާޒު ގިލާނީ އެވެ.


މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ މިއީ ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޕާކިސްތާނުގެ ސަރުކާރުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވެސް މިތަކެތީގެ ސަބަބުން އިތުރުފުރިހަމަކަމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ބަވަނަވެފައިވާ ދުނިޔޭގައި ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް މިތަެތީގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.


މިފަދަ އެހީތައް ކުރިއަށް އޮތް ތަނުގައި ވެސް ވެދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ސަފީރު ވަނީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމަކީ ހީނުކުރާފަދަ ވަރުގަދަ، އަދި ޒަމާންވީ އެކުވެރި ގުޅުމެއްކަން ވެސް ފާހަގަކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދާއި އެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ދަރިވަރުން އަދި އިސްވެރިން ބައިވެރިވެފައި ވެއެވެ. އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ޗެއަރމަން އަބްދުއްރަޝީދާއި އެގްޒެކެޓިވް ޑިރެކްޓަރ އަދްލީ ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު