ރައީސް ޔާމީންގެ ސުވާލެއް ރައީސް ޑރ. މުއިއްޒު އަށް؟

2 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ރަސްމާލެ މައްސަލަ ކިޔައިދީގެން ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރެއް ހޯދަން ބޭނުންފުޅުނަމަ، ރަސްމާލޭ މަޝްރޫއުގައި ހިނގައިދިޔަ މައްސަލަ، ކަމުުނުދާ ގޮތުގައި ދެވުނުކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.


މީގެއިތުރުން މިނިވަން ކޮމިޝަނެއް އުފައްދަންޖެހޭކަން ހާމަކުރައްވައި، ވިދާޅުވީ ރައީސް އޮފީހުން ޝަރީއަތަށް ނުފޫޒު ފޯރުވުން ނިމުނީކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާތީ، އެކަމަށް ވެސް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.


"ގާނޫނީ ހުކޫމަތު ދަމަހައްޓަން އައި ރައީސަކު އެވާހަކަ ބުނީމަ އެއިން އިންފަރ ކުރަން ޖެހެނީ ރައީސް އޮފީހުން އެބަހުއްޓޭ ޝަރީއަތް ހިންގުމުގެތެރެއަށް އަތް ބާނާފަ." ރައީސް ޔާމީން ވިދާޅުވިއެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް އޮފީހުން ޝަރީއަތަށް ނުފޫޒު ފޯރުވުން ނިމުނީކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، މިހާރުގެ ރައީސް އަށް ގާނޫނީގޮތުން އަމާނާތެއް މަތިކުރާ ކަމަށެވެ. އަދި މަޖުބޫރު ކުރާ ކަމަށެވެ.


އެގޮތުން ފަނޑިޔާރުގޭގައި ހިނގާ އެއްވެސް މައްސަލައަކަށް އެއްވެސްކަހަލަ އަސަރެއް ފޯރުވުމަށް، އެއްވެސް މީހަކަށް އިންޓަރފިއަރ ނުކުރެވޭނެކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާނެ ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ. އެހެންކަމުން އޭގެކުރިން ރައީސް އޮފީހުން ހިންގާފައިވާ މިފަދަ ކަންކަމަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


ރައީސް ޔާމީން ވަނީ އެފަދަ ޖިނާއީ ތަހުގީގެއް ހިންގުމަށް ރައީސް ޑރ. މުއިއްޒު އަށް ކެރޭނެތޯ ސުވާލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އބުރާހިމް

ކެރޭނެބާ؟

2 months ago