ރައީސްގެ ޒަޢާމާތުގައި ތަޢުލީމީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވޭނެ: އާދަމް ޝަރީފް

2 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެން ދާނެ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ އަސްލުޓީވީން ގެނެސްދޭ "ޤައުމު ބިނާކުރުން" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ބިދޭސީން ނުހިމަނައި ހަމައެކަނި ދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވި ވިދާލުވުމަކީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ. އަދި މިއީ ރައީސް ފައްޓަވާ މަޝްރޫޢުއަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުރިއަރައިގެން މިދާވަރަށް ބަލާއިރު، ހަރުދަނާ ޖީލެއް ބިނާކުރަން މި ޖެހެނީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި، ދިވެހިންނަކީ އަމިއްލަވަންތަ ކަމެއް އިތް ބަޔަކަށްވާތީ ކަމަށެވެ.


"އަޅުގަނޑުމެންގެ އަމިއްލަ ބަހެއް، އަދި ސަގާފަތެއް އޮތް ބަޔަކަށް ވާތީވެ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަކުރުމާއެކީގައި އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތަހުޒީބު ބިނާވެފައި އޮންނަން ޖެހޭނީ އެ ކަންކަމުގެ މައްޗަށް، އެ ފަދަބަޔަކު ބިނާކުރުމުގެ މައްޗަށް" މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ އެފަދަ ބަޔަކު ބިނާކޮށް ސްކޫލްތަކުގެ މަންހަޖު ތަންފީޒުކުރެވޭނީ، ޤައުމު ދެކެ ލޯބިވާ އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް ހުންނަން ޖެހޭ ޤައުމިއްޔަތުގެ ސިފަތައް ހުންނަ އަޚްލާޤީ ގޮތުން ރަނގަޅު މިސާލުތަކެއް ދެއްކޭ ފަދަ ޓީޗަރުން ތަކެއް ތިބެގެން ކަމުގައެވެ. 


ކިޔުންތެރިންގެ ހިޔާލު