ކެންދޫގެ އައު އިންޖީނުގޭގެ މަޝްރޫއު ފެށީ ފައިސާ ހަމަނުޖައްސާ: މިނިސްޓަރ

2 months ago

އަފްރާހް

ބ. ކެންދޫގެ އައު އިންޖީނުގޭގެ މަޝްރޫއު ފެށީ ފައިސާ ހަމަނުޖައްސާ ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެރަށުގެ އައު އިންޖީނުގެ މަސައްކަތް ލަސްވަމުންދާތީ، އެ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރު ނިމުމަކާ ގާތްވެފައިވަނިކޮށްކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ އެދުމުގެމަތިން ޕްރޮޖެކްޓް ނިންމަން ކަނޑައެޅި މުއްދަތު 31 މެިއ 2023 އަށް އިތުރުކޮށްދީފައިވާ ކަމަށެވެ.


އޭގެފަހުން ވެސް އިތުރު 6 މަސް ދުވަސް އިތުރުކޮށްދީފައިވަނިކޮށް، އިތުރު ދެ ފަހަރެއްގެ މަތިން މުއްދަތު އިތުކުރުމަށް ކޮންޓްރެކްޓަރު އަލުން އެދިފައިވާކަމަށާއި އެ މަޝްރޫއު ފަށައި 3 އަހަރު ވެގެންދިޔައިރު ނިމިފައިވަނީ 55 އިންސައްތަ ކަމަށެވެ.


އެހެންކަމުން މިހައިތަނަށްބެލި ބެލުމުން އެ މަސައްކަތް ނުނިމިވާ އެންމެ ބޮޑު ސަބަބަކީ އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާގޮތުގައި ހަމަޖައްސާފައިނެތުމުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތްތައް އަލުން ފެށުމަށް ފެނަކައިން މިހާރު ގޮތްތަކެއް ހޯދަމުންދާކަމަށް ވެސް ވިދާޅުވިއެވެ.


ކެންދޫ އައު އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ، ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން އަދި އެކުންފުނިން ސަބް ކޮންޓްރެކްޓްކޮށްގެންކަމަށެވެ. އެ މަސައްކަތް 8 މިލިއަން ރުފިޔާއަށް، ސީ ސައިޑް ޕްރައިވެޓް ލިމިޓެޑްއާއި މަސައްކަތް ހަވާލުކުރީ 11 ޖުލައި 2021 ގައެވެ. އަދި ކޮންޓްރެކްޓަރާ އެ މަސައްކަތް ހަވާލުކުރީ 1 މެއި 2022 ގައި މަސައްކަތް ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު