ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

2 months ago

އަފްރާހް

މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ޖުލައި 29 ވަނަ ދުވަހުއެވެ އަދި އޭނާގެ ނަން ފާސްކުރުމަށް ތަޅުމަށް ހުށަހެޅީ މިއަދުއެވެ.


މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރަން ރައީސަށް ލަފާދޭން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 78 މެންބަރުން ވެސް ވަނީ ވޯޓު ދެއްވާފައެވެ.


ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމު މިވަގުތު އަދާކުރައްވަމުން ގެންދަވާ މުނައްވަރު، ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ނިންމީ، ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ފަހުއެެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭތީ ކަމަށް ބައްލަވައި، މަޖިީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު