މި ސަރުކާރުން ކުރިހާ ވެސް ކަމަކީ ހަކުރުފުޅީގެ ލޭބަލް ބަދަލުކޮށްލީ: ޝާހިދު

2 months ago

އަފްރާހް

ރާއްޖޭގަިއ ތިބި އިންޑިއާ ސިފައިން އެގައުމަށް އަނބުރާ ފޮނުވައިލުމުގައި މި ސަރުކާރުން ކުރިހާ ވެސް ކަމަކީ ހަކުރުފުޅީގެ ލޭބަލް ބަދަލުކޮށްލުން ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެޖެއެވެ.


އެމަނިިފާނު ވިދާޅުވީ މި ގައުމުގައި ތިބި އިންޑިއާ މީހުންނަކީ ހެލިކޮޕްޓަރ ދުއްވާ މީހުންނާއި ޓެކްނިކަލް މީހުން ކަމަށް އެމްޑީޕީ ސަރުކާރުގައި ވެސް ބުނަމުން ދިޔަ ކަމަށެވެ. އަދި އެއީ ޑިޕްލޮމެޓިކް ކޮށް، ވަކި އުސޫލުތަކެއްގެ ހިނގަމުންދިޔަ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


"އެނގިވަޑައިގަންނަވާތޯ މިއަދުވެސް ހަމަ އެ އެގްރީމެންޓުގެ ދަށުން، ކުރިން ވެސް ސޮއިކޮށްފަ އޮތް އެގްރީމެންޓުގެ ދަށުން ހަމަ އެ އުސޫލުތަކުގެ މަތިން ފުލް ޑިޕްލޮމެޓިކް އެމިއުނިޓީ ލިބިގެން އެތިބިބަޔަކު އެތިބީ." ޝާހިދު ވިދާޅުވިއެވެ.


މީގެއިތުރުން ޝާހިދު ވިދާޅުވީ މި ހިނގި ކަމަކީ އެމީހުން ލައިގެން ތިބި ގަމީސް ނުފުށުން ލައި ހަކުރުފުޅީގެ ބޭރުގައި ލޮނު ޖަހައި، ހިންޏަށް އޮޅުވާލީ ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ ވެސް ފަޚުރުވެރި ގައުމިއްޔަތެއް އޮތް، ދިވެހި ރައްޔިތުން ކަމަށާއި އަވަށްޓެރި ގައުމުތަކުގެ ކުރިމަތީގައި މިދަރަޖައަށް ފަޟީހަތް ވެގެން ނުވާނެ ކަމަށެވެ. އަދި ދިވެހީންނަކީ ހިންޏަށް ހަކުރު އޮޅުވާލާހެން އޮޅުވާލެވޭކަހަލަ ބައެއްހޭ ކިޔައި، އިންޑިއާ މީހުން ރާއްޖެއަށް ހަޖޫ ޖަހާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

މީހެއް

ކަލޭބުނީމަ އެވީޤަބޫލުކުރަންދޯ؟ ތިހެދީ ބޮޑުސިންގާދޮގެއް

2 months ago