ދައުލަތް އިތުރަށް ވަރުގަދަކޮށް ހިންގޭނީ ސިޔާސީ މަގާމުތައް އިތުރުކޮށްގެން: ސަލީމް

2 months ago

އަފްރާހް

ދައުލަތް އިތުރަށް ވަރުގަދަކޮށް ހިންގޭނީ ސިޔާސީ މަގާމުތައް އިތުރުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.


މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ސަލީމް ވަނީ ސިޔާސީ މަގާމު ދީގެން ދިވެއްސަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި ވާނީ ފައިދާ ކަމަށެވެ.


މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގާއިމްކޮށްދެއްވާ އެކި ހިދުމަތްތަކުގެ ތެރެއިން، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ފާހަގަކުރައްވައި ސަލީމް ވަނީ މި ފަސް އަހަރު ނިމޭއިރުގައި، ވަޒީފާ ބޭނުންވެ، ވަޒީފާއެއް ނުލިބިފައިހުރި އެކަކު ވެސް ނުހުންނާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.


މި ސަރުކާރުގެ ސިޔާސީ މަގާމުތައް ހާމަނުކުރާތީ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށް އެކަން ހާމަކުރުމަށް ގޮވައިލާ އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.


މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފުރު މޫސާ ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ދެހާހާ ގާތްކުރާ ކަމަށެވެ. އަދި ޕޭރޯލް މިހާރު ހުރީ އެއް ބިލިއަނަށް ވުރެ މަތީގައި ކަަމަށެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމުތައް 700 ގައި ހިފަހައްޓާނެ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

މިހެންމިކަންކުރާއިރު ވަކިޕާޓީއެއްގެބަޔަކަށްވަޒީފާލިބޭއިރު އެހެން ޕާޓީތަކަށް ނުވަތައެމީހުންނަށްވަޒީފާނެތި ވަކިބަޔަކަށް ވަޒީފާދިނީމައި ދެންއެހެންމީހުންގެޙާލަތަކީކޮބައިތޯއެވެ ބާރެއްދެއްވީމައި އެބާރުނަހަމަގޮތުގައިހިންގީމްއި އެފަދަމީހުނަށްވީގޮތް ތާރީޚުން ސަލީމަށްނުފެންނަނީތޯއެވެ ސަލީމަށްޢިމަރުގެފާުކަންތައްކުރެއްވިގޮތް އެނގެނީއެއްބައިކަންތަކުގައި މިއީހިތާމަކުރަންޖެހޭކަމެއް

2 months ago

މުސް

ލާރިނެތް ވާހަކަ އެކަކު ބުނާނެ އަނެއްމީހާބުނާ ލާރި އެބަހުއްޓޭ ނެތީ މީހުންނޭ ބޯހަލާކު ވާނުވާއެއް ނޭގެ ކުރިން މިނިސްޓަރ ކަންބެހީ ޕާޓީ ކުދިން ކޮޅައް މިހާރު އެހެން ޕާޓީ ތަކައް އެއީވެސް ލާރިވެރިންނައް ސަލާން ވަރައް ސަލާން

2 months ago