ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި

2 months ago

ސާއި

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ.


ބޭރުގެ ޚަބަރުތައް ބުނާގޮތުގައި އޭނާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށް މިއަދު ހެނދުނު ދިން ބަޑީގެ ހަމަލާއެއްގައެވެ.


ހަނިއްޔާ އީރާނަށް ވަޑައިގެންނެވީ އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ހަނިއްޔާއަށް ދިން ބަޑީގެ ހަމަލާގައި އޭނާގެ ބޮޑީގާޑެއް ވެސް އަވަހާރަވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.


ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާ ތަހުގީގު މިހާރުވަނީ ފަށާފައެވެ.


ހަމާސް ޖަމާއަތް ނައްތާލަންކަމަށްބުނެ ފައިބެއަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދަނީ ހަމާލާރތައް ދެމުންނެވެ. އަދި ޣައްޒާގެ އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮންއެޅުމުގެ ސަބަބުން މިހައިތަނަށް 39،400 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރަނީ އިސްމާއިލް ހަނިއްޔާ އަށް ދިން މި ހަމަލާގައި އީރާނުގެ ބައިވެރިވުމެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު