10 hours ago
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި ގުޅޭ ކޮރަޕްޝަންގެ ސިޓީއެއް ލިބިވަޑާއިގެންފައި ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެޗްޑީސީގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހިންގާކަމަށް، ތުހުމަތުކުރައްވައި، އެޗްޑީސީގެ ޗެއަރމަނަކަށް މިސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި އަޙްމަދު ޒުހޫރު، ރައީސް އަށް ފޮނުއްވިކަމަށް ބުނާ ސިޓީއަކާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަަކށް ދެއްވި ބަސްދީގަތުމެއްގައެވެ.
"ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ ގަވާއިދާއި ހިލާފަށް ކުރާ ކަމެއް ހުއްޓުވުމަށް ފަހަތަކަށް ނުޖެހޭނަން. މިއަދާ ހަމައަށްވެސް ހުންނާނީ އެކި ކަންކަމުގައި މައުލޫމާތު ލިބުނީމަ އެކަމަކަށް ފިޔަވަޅު އަޅަން ދަންނަވާފަ."
ރައީސް ވިދާޅުވީ އެމަނިކިފާނު ބޭނުންފުޅުވަނީ މި ސަރުކާރަކީ ކޮރަޕްޝަނާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮންނަ ސަރުކާރަކަށް ހައްދަވަން ކަމަށެވެ. އަދި ވައުދުވެވަޑައުގެންނެވީ ވެސް އެގޮތަށް ކަމަށެވެ.
މީގެއުތުރުން ފަޒުލް ރަޝީދުގެ ކޮރަޕްޝަނާއި ގުޅިގެން އެމަނިކުފާނަށް ސިޓީއެއް ލިބި، އެއައަށް ޢަމަލު ނުކޮށް އޮތްވާހަކައަކީ ހަގީގަތާއި ހިލާފުވާހަކައެއްކަން ފާހަގަކުރައްވައި، ވިދާޅުވީ އެކަން އެނގުނި ހިސާބުން ވަގުތުން ފިޔަވަޅު އަޅުއްވާފައިވާނޭ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ، ވަގުތުން ފިޔަވަޅު އެޅުއްވީސްކަމަށެވެ. އަދި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން، ކަންކަން ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ޢަހްމަދު
މަނިކުފާނަށް ސާބަސް މީ ދުނިޔެމަތި
7 hours ago