ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

2 months ago

އަފްރާހް

ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން މިއީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓު ކައިރީ ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި ސައިކަލް ދުއްވި ފިރިހެން މީހާ އަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.


ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލު ނުވެ ގޮސް، 

މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް މިހައިތަނަށް ބެލިބެލުމުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. 


ކާރު ދުއްވި މީހާ ވަނީ ފިލާފަ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށް ވެސް ވިދާޅުވިއެވެ.


މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަގޮތުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާިއރު، ކާރުގެ ވިންޑް ސްކްރީން ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި އެހެން ބައިތައް ވެސް ހަލާކުވެފައިވެއެވެ.


މީގެއިތުރުން ސައިކަލު ވެސް ވަނީ މާދުރަށް ގޮސް ވެއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު

މުހައްމަދު

ތިކަމުގެ ޒިންމާނަގަން ޖެހޭނީ ހަމަ ފުލުހުންސަބަބަކީ ތިޔަ ކާރަކީ ވަރައްސައިޒު އޮޅިގެން މަގުމަތީ ހޭކުޑަވެގެން އުޅޭ ކާރެއް ފުލުހުން އަޅަންޖެހޭފިޔަވަޅު އަޅާފަ އޮތްނަމަ މިއަދު ތިކަމެއްނުވިސް

2 months ago