ކްލީކް ކޮލެޖްގެ ޖުލައި އިންޓޭކް ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2 months ago

އަފްރާހް

ކްލީކް ކޮލެޖްގެ ޖުލައި އިންޓޭކް ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.


ޖުލައި 29 ވީ ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކްގައި ކުރިއަށް ދިޔަ ހަފުލާގައި ދަރިވަރުންނަށް ކޮލެޖުގެ ޑެޕިއުޓީ ޑީން މުހާތަބުކުރައްވައި، ވަނީ ކޮލެޖުގެ ތައާރަފެއް ދެއްވާފައެވެ. މީގެތެރޭގައި ކޮލެޖްގެ ލަނޑުދަނޑިތަކާއި އެކިކަހަލަ ކާބިޔާބުތައް ވެސް ހިމެނެއެވެ.


ކޮލެޖުގެ ރެޖެސްޓަރ މި ހަފުލާގައި ވަނީ ކޮލެޖްގެ ގަވައިދުތަކާއި ދަރިވަރުން ކިޔެވުމުގައި ވިސްނަންޖެހޭކަންކަމަށް އަލިއަޅުވައިލެއްވިއެވެ. އަދި ތެދުވެރިކަމާއިއެކު ކިޔެވުމުގެކަންކަން ބެހެއްޓުމާއި އެއްކުޖަކު އަނެށް ކުއްޖަކަށް އެހީތެރިވެ މުޖްތަމައުއަށް ލާމަސީލް އަދި ހަރުދަނާ ދަރިވަރުންތަކަށް ވުމަށް އެދިވަޑައިގެންފަައެވެ.


މީގެއިތުރުން ކޮލެޖުގެ އެހެނިހެން ހަރާކަތްތަކުގެ މައުލޫމާތު ހިއްސާކޮށް މިހަރަކާތްތަކުގެ މުހިއްމުކަމާއި ކޮލެޖުގެ ދަރިވަރުންގެ އެސޯސިއޭޝަންގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ލާނިންގ އެކްޕެޑިޝަން ފަދަ ހަރަކާތްތަކަކީ އެ ކޮލެޖުގައި ކިޔަވާ ދަރިވަރުނަށް ލިބިގެންދާ އިތުރު ޢަމަލީ ފަންނުވެރިކަމާއި ތަޖުރިބާތަކެވެ.


ކްލީކް ކޮލެޖުގެ އަމާޒާކީ މުޖްތަމައުގައި މަތީ ތައުލީމް ހާސިލްކުރާ ގިނަދަރިވަރުންއަށް އެފުރުސަތު ފޯރުކޮށްދިނުމެވެ. އަދި އެކުދިން ކޯސް ފުރިހަމަ ކުރުމަށް ފަހު މުޖްތަމައު އަދި ވަޒީފާގެ އަމަލީ ތަޖުރިބާ އަށް ނުކުންނައިރު، އެކުދިންނަކީ ތަފާތު މާހައުލު ތަކަށް ހޭނިފައިވާ ކުދިން ކަމުގައި ހެދުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު