މެމްބަރު ޝަރީފުގެ މިފަހަރުގެ ކަންބޮޑުވުމަކީ ދިވެހީން ބިދޭސީންނާ ކައިވެރިކުރުން

2 months ago

އަފްރާހް

ދިވެހީން ބިދޭސީންނާ ކައިވެނިކުރާތީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.


ޖުލައި 31 ވީ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ ދިވެހިން ބިދޭސީންނާ ކައިވެނި ކުރުމުން ދިވެހިވަންތަކަން ގެއްލޭ ކަމަށެވެ.


" ދިވެހިން ބިދޭސީންނާ ކައިވެނި ކުރުން އިތުރުވެގެން ދާނަމަ، މާދަމާ ގައުމުގައި ތިބޭނީ ހާފް މޯލްޑިވިއަން، ހާފް ސްރީލަންކަން، ހާފް އިންޑިއަން އަދި ހާފް ބަންގްލަދޭޝް މީހުން." ޝަރީފް ވިދާޅުވިއެވެ.


ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވަނީ ބޭރު ގައުމަކުން ކިޔަވައިގެން މާދަމާއައިސް މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި ބަސް އިއްވަން އިންނާނީ ކޮން ދިމާލަކުން އަންނަ މީހެއް ކަމާއިދޭތެރޭ ވިސްނަން ޖެހޭ ހާލަތަށް މިގައުމު ވެއްޓިފައިވާ ކަމަށެވެ.


ޖުލައި 30 ވީ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ޝަރީފް ވަނީ ދިވެހިންގެ ތެރޭގައި ބިދޭސީން އަތްގަދަ ނުކުރާ އެއްވެސް ދާއިރާއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގޭގައި ކައްކާކާއެތިކޮޅު ފޯރުކޮށްދެނީ ވެސް ގޭގައި ގެންގުޅޭ ބިދޭސީ މީހާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ގޭތެރޭގެ ކަންކަން ބިދޭސީ މީހާއާ ހަވާލު ކުރުމަށްފަހު، އަނބިން ތިބެނީ ކަސޯޓީ ބަލަން ކަމަށާއި މިއިން ވެސް ބިދޭސީން ދިވެހިންގެ ތެރެއަށް އަތްގަދަކޮށްފައިވާ މިންވަރު ހާމަވެގެންދާ ކަމަށް ވަނީ ވިދާޅުވެފަައެވެ.


ކިޔުންތެރިންގެ ހިޔާލު