މަޖިލީހުގައި ގެދޮރުވެރިކަމާއިބެހޭ ކޮމެޓީއެއް، މުގައްރިރަކަށް ފަލާހު

2 months ago

އަފްރާހް

ގެދޮރުވެރިކަމާއިބެހޭ ކޮމިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އުފައްދައި މަސައްކަތްތައް ފަށައިފިއެވެ.


މިއީ ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް އުފެއްދެވި މި ކޮމެޓީއަށް މެމްބަރުން އައްޔަންކުރައްވާފައިވާއިރު، މުގައްރިރަކީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. ނައިބު މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފްއެވެ.


މި ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ހުޅުމާލޭ އުތުރުދާއިރާގެ މެމްބަރު ޙުސައިން ޝަރީފު، ގަލޮޅު އުތުރު ދާއިރާ މުޙައްމަދު އިބްރާހީމް، މައްޗަންގޮޅިި މެދު ދައިރާ އަޙްމަދު ޟަމީރު، މާފަންނު މެދު ދާއިރާ އަސްމާ ރަޝީދުއެވެ. އަދި ވިލިމާލޭ ދާއިރާ މުޙައްމަދު އިސްމާޢީލް އާއި ކުޅުދުއްފުށި އުތުރު ދާއިރާ މުޙައްމަދު ދާއޫދު ވެސް ހިމެނިވަޑައިގަންނަވައެވެ.


މީގެއިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާންއާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދު ވެސް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.


މިއީ ގެދޮރުވެރިކަމާއިގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާގުޅޭ ގާނޫނީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަން މަޖިލީހަށް ހުށަހެޅުމަށް އުފެއްދި ކޮމިޓީއެކެވެ. މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި ފާހަގަކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރަށް ލަފާ އެރުވުން ހިމެނެއެވެ.


ހަމަމިއާއެކު ބޯހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދޭތޯ ބެލުމާއި ގެދޮރުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުން ވެސް ހިމެނެއެވެ.


މިކޮމެޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި ދާއިމީ 19 ކޮމިޓީގެ އަދަދު 19 އަށް އެރީއެވެ.


ކިޔުންތެރިންގެ ހިޔާލު