ޑރ. ޖައިޝަންކަރު އަނެއްކާ ވެސް ރާއްޖެ ވަޑައިގަންނަވަނީ

2 months ago

އަފްރާހް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު އަނެއްކާ ވެސް ރާއްޖެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެކަމުގައި ރިޕޯޓުތަކުގައި ބުނެފިއެވެ.


އެގައުމުގެ ނޫހެއްކަމުގައިވާ 'ވިއޯން' ނޫހުގައި ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިފެށޭ އޮގަސްޓު މަހު ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.


ޑރ. ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.


އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވާނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް ދެގައުމުގެ ގުޅުން ރަނގަޅުކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


އެގޮތުން ފޮރިން މިނިސްޓަރ މުސާ ޒަމީރު ވަނީ މެއި މަހު އެގައުމަށް ރަސްމީ ދަތުރު


މީގެއިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ވެސް ވަނީ ދާދި ފަހުން އެގައުމަށް ވަޑައިގެންފައެވެ.


ޑރ. ޖައިޝަންކަރު ވަނީ މީގެކުރިން ތިންފަހަރު ރާއްޖެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު