ހުޅުމާލޭ އެކްސިޑެންޓު: ފިލައިގެން ދިޔަ، ކާރު ޑްރައިވަރު ހައްޔަރުކޮށްފި

2 months ago

އަފްރާހް

ޖުލައި 31 ވީ ބުދަ ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހާ ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓޫ އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ކަމަށެވެ.


މިއީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުވުމާއެކު ކާރު ދުއްވި މީހާ ވަނީ ފިލާފައެވެ.


މި އެކްސިޑެންޓުގައި ސައިކަލް ދުއްވި ފިރިހެން މީހާ އަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރުފަރުވާ އަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލު ނުވެ ގޮސް، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު