ހުޅުމާލޭ އެކްސިޑެންޓާއި ގުޅިގެން ތިން މީހުން ހައްްޔަރުކޮށްފި

2 months ago

އަފްރާހް

ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ.


އެގޮތުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ދެ މީހަކާއި، ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ މީހެކެވެ. އެއީ އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ އާއި އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ. މާލެ އަދި ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ އެވެ.


ޖުލައި 31 ވީ ބުދަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހި، ވިނަރެސް ފްލެޓްތައް ކައިރީގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުނުވެގެން ގޮސް، ހުއްޓާފައި އިން ސައިކަލެއްގައި ޖެހިގެންނެވެ.


މި ހާދިސާގައި ސައިކަލުމަތީގައި އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރުވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަނިޔާވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އައިޖީއެމްއެޗުން ވިދާޅުވީ އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.


މިއެކްސިޑެންޓު ވުމާއިއެކު، ކާރު ދުއްވި މީހާއާއި އޭގައި ތިބި އެހެން މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައެވެ. ނަމަވެސް ފުލުހުން އެންމެފުރަތަމަ ހައްޔަރުކުރީ ކާރުދުއްވަން އިން މީހާއެވެ. އަނެއް ދެމީހުން ހައްޔަރުކުރީ އޭގެފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު