4 months ago
ފްރާންސްގައި މިހާރުކުރިއަށްދާ 'ޕެރިސް އޮލިމްޕިކްސް 2024' ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑެއް އައު ކޮށްފިއެވެ.
އޭނާ އައު ކޮށްފައިވަނީ ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލްގެއެވެ. މި ރެކޯޑު އޭނާ އައުކުރީ 00:24.22 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ މިއަހަރުގެ މެއި މަހު ކުރިއަށްދިޔަ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އެފަހަރު އޭނާ ރޭސް ފުރިހަމަކޮށްފައިވަނީ 00:24.28 އިންނެވެ.