ވިސާ ހަމަވުމުން ވެސް ރާއްޖެއިން ނުގޮސް ހުރި ފަތުރުވެރިއެއް ޑީޕޯޓުކޮށްލައިފި

2 months ago

އަފްރާހް

ވިސާ ހަމަވުމުން ވެސް ރާއްޖެއިން ނުގޮސް ހުރި ފަތުރުވެރިއެއް ޑީޕޯޓުކޮށްލައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ފައިބެއަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ނޯވޭގެ ފަތުރުވެރިއެއް ކަމަށެވެ.


އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދާ ކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މިކަމާއި ގުޅިގެން މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު އޭނާ އިމިގްރޭޝަންގ ެބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


އިމިގްރޭޝަނުން ވިދާޅުވީ އޭނާ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައި ވާތީ މިހާރު ޑީޕޯޓުކޮށްފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ހިލަބެ

ވަރަށްބަރާބަރު ހަމަތިޔަޕްތޮގްރާމް ކުރިއަށްގެންދަވާ ގަވާެިދާ ޚިލާފަށް މިރާއްޖޭގައި އެއްވެސްމީހަކަށް އުޅުމުގެފުރުސަތުދީގެންނުވާނެ ޝުކުރިއްޔާ އިހްސާން ޝުކުރިއްޔާ އިމިގްރޭޝަން …

2 months ago