މިނިސްޓަރ އަމީންގެ އިސްތިއުފާ އަށް ގޮވައިލާ އިހުތިޖާޖު ކުރަނީ

2 months ago

އަފްރާހް

ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ ދިނުމަށް ގޮވައިލާ އިހުތިޖާޖު ކުރަން ފަށައިފިއެވެ.


މި އިހުތިޖާޖުގެ ކުރަނީ ބީ ޒޯނުން އޭ ޒޯނަށް ކާރު ރަޖިސްޓްރީ ކުރެވޭނެ މަގު ބަންދުކޮށް، ކާރުތައް ޓޯ ކުރަމުން ގެންދާތީއެވެ.


ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ ޒުވާނުންގެ މި އިހުތިޖާޖުގައި ރޭސް ޖަހަނީ ބަންދުކޮށްފައިވާ ސަރަހައްދެްގައި ހުއްދަ ނަގައިގެން ކަމަށް ދަނީ ބުނަމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް ބުނެއެވެ.


"އަމީން މޮޓޯރސްޕޯޓްސް އާ ޖައްސާލައިގެން ކޮންކަމެއްތޯ ހާސިލުކުރަން ބޭނުންވަނީ؟" އިހުތުޖާޖުގެ ބައިވެރިއަކު ހިފަހައްޓައިގެން ހުރި ޕޯސްޓަރެއްގައި ވެއެވެ.


މީގެއިތުރުން ޖިރިފްޓް ކުރަނީ ވަކި ސަރަހައްދެއްގައި، ވަކި ގަޑިއެއްގައި ރައްކާތެރިކަމާއެކު އެކަމުގައި އުޅޭ ޒުވާނުން ކަމަށް ވެސް ޕޯސްޓަރުގައި ވެއެވެ. އަދި އިހުތިޖާޖު ހުއްޓާނީ މިނިސްޓަރު އަމީން އިސްތިއުފާ ދެއްވީމައި ކަމަށް ވެސް ބުނެފައި ވެއެވެ. އިހުތިޖާޖު ކުރަމުން ދަނީ ޓްރެކް ސަރަހައްދުގައެވެ.


މި ޒުވާނުން އިހުތިޖާޖު ކުރަމުން މިގެންދަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. ޖުލައި 30 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ޝާމިލުވާ ކާރުު ރެޖިސްޓްރީކޮށްފައިވަނީ ބީ ޒޯނަށެވެ.


ހަމަމިއާއެކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯ ކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިގެން ކުރިއަށްދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ާއައްޔަ

ޢަމިން ގެ ނިންމުން ވަރައް ragalhu

2 months ago

އަދުރޭ

ވަކިޒޯނަކައް ރަޖިސްޓުރީކޮއްފައިވާ އުޅަނދުތައް އެހެން ޒޯނެއްގާ ދުއްވުމުގެ ހުއްދަ ދެވިގެން ނުވާނެ

2 months ago