އެމްއެންޑީއެފް ގެ މަގުމަތީ ހިނގާލުން މިއަދު މާލޭގަ، މާދަމާ ހުޅުމާލޭގަ

2 months ago

އަފްރާހް

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވުމަށް ހަމަޖެއްސި، އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުން ނުވަތަ ޕެރޭޑް މިއަދު ހަވީރު އޮންނާނެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މާލޭގައި މި ހިނގައިލުން ފެށޭނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ.


ބަންޑާރަކޮށިން ފަށާ މި ހިނގާލުން ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.


މި ހިނގާލުމުގައި ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ.


ހިނގާލުމުމުގެ ބައިވެރިން މަޑުކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީރު އަހްމަދު މަގު ޕާކިންގ ޒޯން ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކަޑެމީ ކުރިމަތި، މަޖީދީމަގު / ޗާނދަނީ މަގު ހަތަރު އަނގޮޅި، މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގުއުތުރު ކަންމަތި ހިމެނެއެވެ.


މިހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.


މީގެއިތުރުން އެމްއެންޑީއެފް ގެ މަގުމަތީ ހިނގާލުން ހުޅުމާލޭ ފޭސް1 ގައި މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހިނގާޅުން ވެސް ފަށާނީ ހަވީރު 4:15 ގައެވެ.


އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހިނގައިލުން ހުއްޓާނީ ވަން ސެންޓްރަލް ޕާކު ބިލްޑިންގ ކަންމައްޗަށާއި ހުޅުމާލޭ ހޮސްޕިޓަލް މަގު ހުޅަނގު، ސެންޓްރަލް އަދި ސިފްކޯ ހިޔާ / އެސްޓަރސް ހަތަރުއަނގޮޅި ކަންމައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު