އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި

2 months ago

އަފްރާހް

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ޙަނިއްޔާގެ މައްޗަށް ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.


އީރާންގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ހަމަލާއެއްގައި އޭނާ ޝަހީދުކޮށްލާފައިވަނީ ނިިދިޔަ ޖުލައި މަހުގެ 30 ވީ ބުދަ ދުވަހުއެވެ.


ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ވަނީ ޣައިބަށް ކަށުނަމާދުކޮށްފައެވެ.


ޙަނިއްޔާ ޝަހީދުކޮށްލުމާއިގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ދުނިޔޭގެ ގައުމުތަކުގެ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއިގުޅޭ ގާނޫނުތައް ނަގަހައްޓަން ޖެހޭކަމަށް ވަނީ ގޮވަިލައްވާފައެވެ.


މީގެއިތުރުން ޣައްޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމްކުރަން ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދިވެހި ސަރުކާރުން ގޮވައިލެއްވިއެވެ.


އީރާނުގެ ތަހްރާން ޔުނިވަރސިޓީގައި އިސްމާޢީލް ހަނިއްޔާގެ ޖަނާޒާ ބާއްވައިފައިވާއިރު، މި ކަށު ނަމާދުގައި އެތައްހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު