މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވަން އޮތް ޝަރަފްގެ ހިނގާލުން ބާއްވައިފި

2 months ago

އަފްރާހް

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވުމަށް ހަމަޖެއްސި، އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުން ނުވަތަ ޕެރޭޑް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ.


ހަވީރު 4:15 ގައި ބަންޑާރަކޮށިން ފެށ މި ހިނގާލުން ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.


މި ހިނގާލުމުގައި ފަސް ތަނެއްގައި ލަޝްކަރު މަޑުކޮށް މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އެ މަންޒަރު ދުށުމަށް ވަނީ އެ ސަރަހައްދުތަކަށް ޖަމާވެފައެވެ.


މި ހިނގާލުމުމުގައި ބައިވެރިން ވަނީ އަމީރު އަހްމަދު މަގު ޕާކިންގ ޒޯން ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކަޑެމީ ކުރިމަތި، މަޖީދީމަގު / ޗާނދަނީ މަގު ހަތަރު އަނގޮޅި، މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގުއުތުރު ކަންމައްޗަށް މަޑުކޮށް ތަފާތު އެކި ރާގުތައް ކުޅެފައެވެ. މިހިނގާލުން ނިންމައިލީ ކަޅުތުއްކަލާކޮށްޓަށެވެ.


އެމްއެންޑީއެފް ގެ މަގުމަތީ ހިނގާލުން ހުޅުމާލޭ ފޭސް1 ގައި މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހިނގާޅުން ވެސް ފަށާނީ ހަވީރު 4:15 ގައެވެ.


އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހިނގައިލުން ހުއްޓާނީ ވަން ސެންޓްރަލް ޕާކު ބިލްޑިންގ ކަންމައްޗަށާއި ހުޅުމާލޭ ހޮސްޕިޓަލް މަގު ހުޅަނގު، ސެންޓްރަލް އަދި ސިފްކޯ ހިޔާ / އެސްޓަރސް ހަތަރުއަނގޮޅި ކަންމައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު