ކިތަންމެ ކުޑަ ދަރަންޏެއް އޮއްވާވެސް ދުނިޔެ ދޫކުރުމަކީ ނުރައްކާތެރިކަމެއް: ހުތުބާ

2 months ago

އަފްރާހް

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމުގައި ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.


"ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށޭ" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއްކަމުގައި ވެސް ހަނދާންކޮށްދީފައެވެ.


މީގެއިތުރުން ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާނެކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން އެނގެން ހުރި ކަމަށާއި އެހެންވެ، މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެކަމަށް ވަނޯ ބުނެފައެވެ.


ހުތުބާގައި އިތުރަށް ބުނީ ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެއް."ކަމުގައެވެ.


ހަމަމިއާއެކު ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެއްކަަން ހަނދުމަކޮށްދީފައި ވެއެވެ.


އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު