ރައީސްގެ އެންގެވުމަކީ ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުކުރުން: އިހްސާން

2 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނީ ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުކުރުމަށް ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި ކީހަކު އިސްތިސްނާ ނުވަތަ ހާއްސަ ނުކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެންމެނަށް ވެސް ހަމަހަމަކޮށް ގާނޫނު ތަންފީޒު ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.


ހެޕީ މާކެޓުގެ ވެހިކަލެއް ޓޯ ކުރާ ފޮޓޯއަކާއަކާއެކު އިހްސާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާއި އެހެނިހެން ތަންފިޒީ އިދާރާތަކުން ވެސް އެގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފޯޒު ކުރާނެ ކަަމަށެވެ.


 


މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ ދިނުމަށް ގޮވައިލާ ޒުވާނުންތަކެއް ގެންދަނީ އިހްތިޖާޖު ކުރަމުންނެވެ. އެއީ ބީ ޒޯނުން އޭ ޒޯނަށް ކާރު ރަޖިސްޓްރީ ކުރެވޭނެ މަގު ބަންދުކޮށް، ކާރުތައް ޓޯ ކުރަމުން ގެންދާތީއެވެ.


ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ ޒުވާނުން ކުރަމުން ދާ މި އިހުތިޖާޖުގައި "މިނިސްޓަރު އަމީން މޮޓޯރސްޕޯޓްސް އާ ޖައްސާލައިގެން ކޮންކަމެއްތޯ ހާސިލުކުރަން ބޭނުންވަނީ؟ ތޯ ސުވާލުއުފައްދާފައި ވެއެވެ.


އެ ޒުވާނުން އިހުތިޖާޖަު ކުރާއިރު، ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ޖުލައި 30 ވަނަ ދުވަހު ވަނީ ހިނގާފައެވެ. މި އެކްސިޑެންޓުގައި ޝާމިލުވާ ކާރުު ރެޖިސްޓްރީކޮށްފައިވަނީ ބީ ޒޯނަށެވެ.


ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯ ކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިގެން ކުރިއަށްދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު