މިނިސްޓަރ ޑރ. ޝަހީމް ސައުދީ އަށް ފުރާވަޑައިގެންފި

2 months ago

އަފްރާހް

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދުު ސައީދު އަލީ ސައީދު ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ހާއްސަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.


މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މި ކޮންފެރެންސް އޮންނާނީ އޮގަސްޓު މަހުގެ 4 އަދި 5 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިނިސްޓަރ އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ.


އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ އިސްލާމީ އުންމަތުގެ މުހިއްމު މައުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. ޝަހީމު، ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.


އެ މަނިކުފާނާއެކު އެ މިނިސްޓްރީގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުއާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ. 


ކިޔުންތެރިންގެ ހިޔާލު