މޮޓަރިސްޓުންގެ އިހުތިޖާޖު މިރޭ ވެސް ކުރިއަށް

2 months ago

އަފްރާހް

ނުހައްގުން ޓޯ ކުރުމާއި އޭ ޒޯނަށް ރަޖިސްޓްރީކުރުން ހުއްޓުވާފައި އޮތް އޮތުމާއި ދެކޮޅަށް މިރޭ ވެސް މުޒާހަރާ ކުރަމުން އެބަދެއެވެ.


އާޓިފިޝަލް ބީޗުގައި ކުރިއަށްދާ މި އިހުތިޖާޖުގައި ބައެއް ޒުވާނުންނާއި ޓެކްސީ ދުއްވާ ބައެއް ފަރާތްތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ.


މި އިހުތިޖާޖު ފުރަތަމަ ފެށީ އޮގަސްޓު 1 ވަނަ ދުވަހުގެ ރެއެވެ. ޓްރެކް ސަރަަހއްދުގައު ރޭ ކުރި އިހުތިޖާޖުގައި ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ ދިނުމަށް ވަނީ ގޮވައިލާފައެވެ.


ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ ޒުވާނުންގެ މި އިހުތިޖާޖުގައި ބުނަމުންދަނީ ރޭސް ޖަހަނީ ބަންދުކޮށްފައިވާ ސަރަހައްދުގައި ހުއްދަ ނަގައިގެން ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށެވެ.


މީގެއިތުރުން ޖިރިފްޓް ކުރަނީ ވަކި ސަރަހައްދެއްގައި، ވަކި ގަޑިއެއްގައި ރައްކާތެރިކަމާއެކު އެކަމުގައި އުޅޭ ޒުވާނުން ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިންގެ ޕޯސްޓަރުގައި ވެއެވެ. އަދި އިހުތިޖާޖު ހުއްޓާނީ މިނިސްޓަރު އަމީން އިސްތިއުފާ ދެއްވީމައި ކަމަށް ވެސް ބުނެފައި ވެއެވެ.


"އަމީން މޮޓޯރސްޕޯޓްސް އާ ޖައްސާލައިގެން ކޮންކަމެއްތޯ ހާސިލުކުރަން ބޭނުންވަނީ؟" އިހުތުޖާޖުގެ ބައިވެރިއަކު ހިފަހައްޓައިގެން ހުރި ޕޯސްޓަރެއްގައި ވެއެވެ.


މި ފަރާތްތަކުން އިހުތިޖާޖު ކުރަމުންދާއިރު، ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. ޖުލައި 30 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ޝާމިލުވާ ކާރުު ރެޖިސްޓްރީކޮށްފައިވަނީ ބީ ޒޯނަށެވެ.


ހަމަމިއާއެކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯ ކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިގެން ކުރިއަށްދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު