އައްޑޫ ސިޓީގައި އެކްސިޑެންޓެއް - އަނިޔާވި ޒުވާނާ މާލެ ގެންނަނީ

2 months ago

އަފްރާހް

އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ވެލިފުންޏަކަށް އަރައިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 11:49 ހާއިރު ކަމަށެވެ.


މި އެކްސިޑެންޓު ހިނގީ އައްޑޫ ސިޓީ ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އަރައިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި މި ހާދިސާގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ޒުވާނާއަށް އަނިޔާވެ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން އަންނަކަމަށް ވެސް ވިދާޅުވެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު