ރައީސް ޔާމީން މި ސަރުކާރާ ދުރަށް ޖެހުނީ ބޮޑާކަމާއި ކިބުރުވެރިކަމުން: އަބްދުއްރަހީމް

2 months ago

އަފްރާހް

ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސް ޔާމީނަށް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަަކަށް އިޝާރާތްކުރައްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް ޔާމީން ވިދާޅުވެފައިވަނީ މި ސަރުކާރަކީ އެމަނިކުފާނުގެ ހިއްސާ ވެސް އޮތް ސަރުކާރެއް ކަމަށެވެ. ނަމަވެސް ދުރަށް ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރަން އުނދަގޫވެގެން ކަމަށެވެ.


މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރުވެގެން އުޅުއްވަނީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވެގެން ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މި ވާހަކަފުޅުތަަކަށް ރައްދު ދެއްވައި، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ސަރުކާރާ ދުރަށްޖެހިވަޑައިގެންނެވީ ތިމާގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަމެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.


މީގެއިތުރުން ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން ކަމަށް ވެސް އަބްދުއްރަހީމްގެ ޕޯސްޓުގައި ވެއެވެ.


 




ކިޔުންތެރިންގެ ހިޔާލު

އަންތަރީސް

އަދުރޭއަކީ ހާދަ ގޮތެއްފޮތެއްނެތް މީހެކޭދޯ، މިހާރުއެނގިއްޖެ އެމްޑީޕީން އެދެއްކީ ތެދުވާހަކައެއްކަން، ރޔާމީން ޖަލުގާހުންނަވާތީ އަދުރޭއާ މިހާރު ސަރުކާރުގާތިބި ބޭފުޅުން އުފާކުރާކަމަށް އޭރު އެމްޑީޕީން ބުނި އެހެނަށް ކިހިނެއްތޯ ގަބޫލުކުރާނީ އަދުރޭމެން އޭރުގާއެ އުޅުނީ ވަގުހަންލައިގެންކަމަށް، އެމްޑީޕީން އޭރު ެސް ބުނަމުން ދިއޭއީ ކޯޓުތަކަށް އަދުރޭމެން އަތްބާނައިގެން ރޔާމީން ޖަލުން ނުނެރުމަށް ކޯޓުތަކަށް ބާރު އަޅާކަމަށް މިހާރު ހަމަ ޔަގީންވެއްޖެ، މި ވެރިކަމަކީ ހަމަ ރޔާމީންގެ ވެރިކަމެއް ރޔާމީނަށްޓަކާ ރައިއްޔަތުންދިން ވޯޓެއް، ޚާއްސަކިށް ރޔާމީން އަނިޔާވެރިކަމުންސަލާމަތްކުރަން ބޭނުންވާތީ، އަދުރޭމެން މާމޒޮޅުބަޔަކަށްވެގެނެއްނޫން މިކަމުގެ ހެއްކެއްނޫންތޯ، ރައިއްޔަތުންގެ އިތުބާރު ނުލިބިދާނެތީ އެންމެފަހުން ރޔާމީންގެ އަނބިކަނބަލުންވެސް ދަމާނެރިގެންްް މަގުމަތީގާގަންހިންގިބައެއްތީ އަދުރޭމެންނަކީ، ރައިއްޔަތުން ވެރިކަންވައްޓާލަން ނުނިކުމެ ހިމޭ ުން މި ތިބީ އަދުރޭމެން މާމޮޅުބަޔަކަށް ވާތީއެއްނޫން ރައިއްޔަތުންގެނައިވެރިކަމެއް ވަޓާލަން ނުކުންނަން ބޭނުންނުވާތީ، ދެންނަގާ ވޯޓަކުން ރަނގަޅަށް ކުޅިސަމާ ފެންނާނެ މަިތިރިވެގެން ހުރޭ.

2 months ago