ކާވާ ބީޗު ވޮލީގައި ރާއްޖޭގެ މަގާމު ދިފާއުކޮށް، މިފަހަރުވެސް ނިންމާލީ ރަނުން

4 months ago

އަފްރާހް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ޗެމްޕިއަންކަން ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާރ ދިފާއުކޮށްފިއެވެ.


ފައިބެއަހަރުގެ ވެސް ފިރިހެން ޗެމްޕިއަން ޕެއާރ ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މަގާމު ހޯދީ ފައިނަލުގައި ނޭޕާލުގެ އެއްވަނަ ޕެއާރ، މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށްފައެވެ. ފައިނަލުގައި ރާއްޖެއިން ކުރިހޯދީ 21-19، 21-17 އިން ސެޓުތައް ގެނެސްގެންނެވެ.


އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާރ މި މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.


އެޑަމް އާއި ކުޑަކާއްޓެގެ ޕެއާރ އިން، ކާވާގެ ފުރަތަމަ ބީޗް މުބާރާތް ކާމިޔާބުކުރީ 2022 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. ހަ ގައުމުން އަށް ޕެއާރ ވާދަކުރި އެ މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާރ ނުކުތީ މިފަހަރު ވެސް ފައިނަލުގައި ކުޅުނު މަން އާއި ދިލްގެ ޕެއާއާ ދެކޮޅަށެވެ. 


ކިޔުންތެރިންގެ ހިޔާލު