ކުޑަކުދިންނަށް ދޭ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

2 months ago

އަފްރާހް

ކުޑަކުދިންނަށް ދޭ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވީ ރޯގާ ޖެހުމުންނާއި އެލަރޖިކްވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ 3 ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، އެ ބެޗުތައް ރާއްޖޭގައި ވިއްކުން މަނާކޮށްފައިވާ ކަމަށެވެ.


އެގޮތުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އިންޑިއާއިން އުފައްދާ އަލެގްރާ ބޭހުގެ AL1223019، AL1223060، އަދި AL1223029 ބެޗްތަކުގައި ހިމެނޭ ބޭހެވެ.


އެމްއެފްޑީއޭ އިން ވިދާޅުވީ ރާއްޖެ އެތެރެކޮށް ބޭނުންކުރާ މި ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލަރޓްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ 3 ބެޗް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


މި ބޭހުގެ ބެޗްތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީ އަށް އެންގުމަށް ވެސް ވަނީ އެދިލައްވާފައެވެ.


މިއީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.


ކިޔުންތެރިންގެ ހިޔާލު