ހަޔަރ އެޑިއުކޭޝަނުގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

2 months ago

އަފްރާހް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ހާއްސަކޮށް ވޮލެންޓިއަރކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވައިލައިިފިއެވެ.


މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާހަގަކޮށް ހުށަހަޅާ ލިޔުމާއި ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް ސީ.ވީ ނުވަތަ ވަނަވަރު ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މިތަކެއްޗާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ ވެސް ހުށައަޅަންޖެހެއެވެ.


މީގެއިތުރުން 18 އަހަރު ފުރިފައި ނުވާ ފަރާތެއް މިކަމަށް ޝައުގުވެރިވާނަމަ، ވޮލެންޓިއަރކޮށް މަސައްކަތްކުރުމާއިމެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭނެއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވަލުމުގެ މަގްސަދަކީ ކިޔަވާ ނިމިގެން ވަޒިފާގެ މާހައުލަށް އަންނަން ބެނުންވާ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.


މަސައްކަތުގެ ތަޖުރިބާގެ ސެޓްފިކެޓެއް ލިބޭ، ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް އެއަށްވުރެން ގިނަ ދުވަހު މަސައްކަތް ކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް އޮންނާނެކަމަށް ވިދާޅުވެއެވެ.


މި ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 07 އޮގަސްޓް ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.


އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3026914 ،3026951 އަށް ގުޅުއްވައިގެން ނުވަތަ recruitment@mohe.gov.mv އަށް އީ-މެއިލް ކުރުމަށް އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު