4 months ago
މީޑިއާ އެތިކްސް ވޯރކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންފޮމޭޝަން ކަމިޝަނަރުގެ އޮފީސް ގުޅިގެން ބާއްވާ މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަން ބާއްވަނީ މީޑިއާ ދާއިރާގައި އަޚުލާގު ބައްޓަންކުރަންވީ ގޮތާއި މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
މީގެއިތުރުން އިސްލާމީ ނަޒަރަކުން މީޑިއާގެ އަޚުލާގިއްޔަތަށް ބަލާލުމާއިއެކު މައުލޫމާތު ހޯދުމާއި ލިބިގަތުގެ ގާނޫނަށް ވެސް އަލިއަޅުވާލުމަށް ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށްދާނީ އޮގަސްޓް 7 ވަނަ ދުވަހު ހެނދުނު 9 ން 12 ޖަހަންދެނެވެ. އަދި ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ ހަމަ އެދުވަހު މެންދުރުފަހު 1 ން 2 ޖަހަންދެނެވެ. މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ހިއްސާކުރައްވާނީ މިދާރާ އިން ތައުލީމާއި ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.
އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިންފޯމޭޝަން އޮފިސަރުންނާއި މިޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތަތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޕެނަލް ޑިސްކަޝަންގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށް ތައުލީމީ މީޑިއާގެ މުހިންމުކަމުގެ މައްޗަށް ޕެނަލިސްޓުން ވާހަކަދެއްކެވުމަށް ވަނީ ނިންމާފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް މި ޕެނަލް ޑިސްކަޝަނުން ލިބޭނެކަަމަށް މައުލޫމާތު ލިބެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާނަމަ ވޯކްޝޮޕް އެޕްލިކޭޝަން ލިންކް ބޭނުންކުރައްވައިގެން 5 އޮގަސްޓް ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެކުރިން ނަންނޯޓުކުރުމަށް ވަނީ އެދިލައްވާފައެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ShbwbCmxnJkHFuV16