އިލްމީ ދިރާސާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް ރައީސް މަގު ފަހިކޮށްދެއްވާނެ: އަބްދުއްރަހީމް

2 months ago

އަފްރާހް

ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތައް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގު ފަހިކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ ވިލާ ކޮލެޖުގައި އަލަށް ތަޢާރަފްކުރި ދެ ޕްރޮގުރާމެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.


އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުންނެވީ އިލްމަށް ލޯބި ކުރައްވާ، އިލްމުގެ ރޮނގުން ހާސިލްކުރެއްވޭނެ އެންމެ މަތީ ސަނަދު ހޯއްދަވައިގެން ހުންނެވި ވެރިއެއްކަމަށެވެ. އަދި ގައުމުގެ މުހިންމު ކަންކަމަށް ގޮތް ނިންމަވާނީ އިލްމީ ދިރާސާތަކެއް ކުރުމަށް ފަހުގައިކަމަށް ރައީސް ޑރ. މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ވިލާ ކޮލެޖުން ތައާރަފްކުރި އައު ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ މުހިންމު ދާއިރާތަކަށް ކުރިއެރުން ހޯދަދޭނެކަން ފާހަގަކުރައްވައި، ވިދާޅުވީ ރައީސް ބޭނުންފުޅުވާފަދަ ދިރާސާވެރިން އުފެއްދޭނެ ކަމަށެވެ. އަދި މީގެސަބަބުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް އަންނާނެ ކުރިއެރުންތައް ވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު