ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖޭގަ

2 months ago

އަފްރާހް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.


އެ މަނިކުފާނު ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ފައިބެއަހަރުގެ އޮކްޓޯބަރު މަހުއެވެ. މިއީ އެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ތައާރަފުވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަަށް ވަނީ ނިންމާފައެވެ. އަދި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ އާ ބައްދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ތަސްލީމާ ސަރުވާރު އާއި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ، ޝާހިޔާ އަލީމަނިކް އަދި ބަވެޝް އާރް ތްރިވޭދީ ބައިވެރިވަޑައިގަންނަވައެވެ. އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު