ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ދަފްތަރުގައި 1000 އަށްވުރެ ގިނަ ކުދިން

2 months ago

އަފްރާހް

ރާއްޖެއިން ބޭރުގައި ތަޢުލީމް އުގެނެމުންއަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


ސަރުކާރުން ދެއްވާ ސްކޮލޮޝިޕާއި ލޯނުގައި ކިޔަވަމުން އަންނަ ކުދިން އަދި ރާއްޖެއިން ބޭރުގައި ކިޔަވަމުންއަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1878 ދަރިވަރަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.


މި ދަރިވަރުންގެ ތެރޭގައި ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުންނާއި ސަރުކާރު ސްކޮލަރޝިޕުން 293 ދަރިވަރުންނާއި ސަރުކާރު ލޯނުގެ ދަށުން 1402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުން ހިމެނޭކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.


މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކުރުމެވެ. 


ކިޔުންތެރިންގެ ހިޔާލު