އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ ޖަލްސާގެ ރިޔާސަތުގައި ޑރ. ޝަހީމް

2 months ago

އަފްރާހް

އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު، ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަލަހައްޓަވައިފިއެވެ.


ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ މި ސެޝަންގެ ޝިޢާރަކީ 'މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' އެވެ.


މި ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުން ވެސް ބައިވެރިވެއެވެ.


ސައުދީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފައެވެ.


އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާ މި މަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.


މި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުން ދާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު