މިނިސްޓަރ ޑރ. މާރިޔާ، ވިލާ ކޮލެޖުގެ އިސްފަރާތްތަކާ ބައްދަލުކުރައްވައިފި

2 months ago

އަފްރާހް

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިލާ ކޮލެޖުގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.


އެ ކޮލެޖުގެ ދައުތަކަށް ބޭއްވެވި މި ބައްދަލުވުމަކީ މަތީ ތައުލީމު ކުރިއެރުވުމާއި ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް އެ ކޮލެޖާއި މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.


މި ޒިޔާރާތުގައި ވިލާ ކޮލެޖުން މިނިސްޓަރަށް ހޫނު މަރުހަބާއެއް ކިޔައި، އެ ކޮލެޖުގެ ބައެއް ތަންތަން ވަނީ ދައްކާލާފައެވެ. އެގޮތުން ހޯލް، ކްލާސް ރޫމް، ސައިކޮލޮޖީ ލެބް، ނާސިންގ އެންޑް ފާމަސީ ލެބް ދައްކައިލިއެވެ. އަދި ލައުންޖާއި ލައިބްރަރީ ފަދަ އެކި އެކި ތަންތަން ބައްލަވައިލައްވާ ކޮލެޖާއި ގުޅޭ އިތުރު މައުލޫމާތު ވެސް އެކަމަނާ އަށް ހިއްސާކޮށްފައެވެ.


މި މަހުގެ 4 ވީ އާދިއްތަ ދުވަހު ވިލާ ކޮލެޖުގެ ބޯޑު ރޫމުގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓްރީގެ އެހެނިހެން މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ވިލާ ކޮލެޖުގެ ރެކްޓަރ، ވައިސް ރެކްޓަރ އަދި އެ ކޮލިޖުގެ އެހެނިހެން އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު