ޝެއިޚް ހަސީނާ އިސްތިއުފާދެއްވާ ގައުމުން ބޭރަށް ވަޑައިގެންފި

2 months ago

އަފްރާހް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދެއްވާ ގައުމުން ބޭރަަށް ވަޑައިގެންފިއެވެ.


އެކަމަނާ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވާފައި މިވަނީ ޝެއިޚް ހަސީނާގެ ސަރުކާރުން ވަރަށް ކުރީގެ ކޯޓާ ސިސްޓަމެއް ގެނެސް، އާއިލީ ނުވަތަ ޕާޓީއާ ގުޅޭގޮތުން އެކަނި ވަޒީފާތައް ދޭން ފެށުމާއި ގުޅިގެން އެގައުމުގައި މިހާރުހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.


މި ނިންމުމާއި ދެކޮޅަށް އެގައުމުގެ ކިޔަވާކުދިން ކުރަމުންދާ މުޒާހަރާ ހޫނުވެ، އެންމެފަހުން ވަނީ ރިޔާސީ ގަނޑުވަަރަށް ވެސް މުޒާހަރާގެ ބައިވެރިން ވަދެފައެވެ. ހަސީނާ އިސްތިއުފާ ދެއްވީ އެއަށްފަހުއެވެ.


ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިހައިތަނަށް 91 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.


170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާގެ އަޑީގައި ތިބީ ސިޔާސީ އިދިކޮޅު ޕާޓީތައް ކަމަށް ޝެއިޚް ހަސީނާ މީގެކުރިން ވަނީ ތުހުމަތު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު