ރާއްޖޭގެ އެކި ހިސާބަަށް ވިއްސާރަކޮށް، ގުގުރާނެ

2 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބަަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ވައި ޖެހޭނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާލުރައްވާފައިވާއިރު، މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް އެދިލައްވައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


އެ އިދާރާ އިން ވަނީ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަަމަށް ވެސް ލަފާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު