މަތިމަރަދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލައިފި

3 hours ago

އަފްރާހް

 ލ. ގަން މަތިމަރަދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އެ އަވަށު ބަލްކު ފިހާރަ ކައިރީ ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެގެން ކަމަށެވެ. 


މި ހާދިސާގެ ރިޕޯޓް މިރޭ 6؛50 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. 


މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 7:16 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު