ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓެއް ހިނގައިފި

3 hours ago

އަފްރާހް

ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރ 24 ވަނަ ދުވަހުގެ ރޭ ކަމަށެވެ.


އެ އިދާރާ އިން ފުރަތަމަ ވިދާޅުވީ ހުޅުމާލެ ވެމްކޯ ޖެޓީއާއި ދިމާލުން ދެ ޑިންގީ ޖެހި އެކްސިޑެންޓްވެ މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.


އެހެންނަމަވެސް ފަހުން ވިދާޅުވެފައިވަނީ މޫދަށް މީހަކު ވެއްޓިފައި ނުވާ ކަމަށާއި މޫދަށް ވެއްޓިފައިވަނީ ޑިންގީގައި ހުރި ތަކެތި ކަމަށެވެ. އަދި އެތަކެތި މޫދުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު