އިޖުތިމާއީ މިނިސްޓްރީން އުރީދޫ އާއެކު މުހިންމު މަޝްވަރާއެއް!

2 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އުރީދޫ އާއެކު މުހިންމު މަޝްވަރާއެއް ކޮށްފިއެވެ.


މިއީ ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، އެއްވެސް ފަރާތެއް ހަވާސާވެ ބާކީ ނުވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބޭއްވި މަޝްވަރާއެއް ކަމަށް އެ ވުޒާރާ އިން މައުލޫމާތު ދެއްވައެވެ.


އެ ވުޒާރާ އިން ވިދާޅުވީ މި ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް އަލި އަޅުވާލާފައިވާ ކަމަށެވެ.


މީގެއިތުރުން މި މަޝްވަރާތަކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ވުޒާރާ އިން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވަޑައިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހުންގާނު ޑރ. ޢައިޝަތު ޝިހާމް އާއި ހަވާލުކުރެއްވުމާއެކު، ރައީސްގެ ރިޔާސީ ވައުދުފުޅުތައް ތަންފީޒު ކުރުމުގައި އެންމެއިސްދައުރެއް އަދާކޮށް، އެންމެއަވަދިނެތި އުޅުއްވާ އެއް ވުޒާރާއަކީ އެއީއެވެ.


ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނަަށް އުފާވެރި، މަޖާ މާހައުލެއް ތަނަވަސްކޮށްދިނުމަށް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީ މިހާރުވެފައިވަނީ އެފަދަ ފަރާތްތަކުގެ ދެވަނަ ގެ ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު