އިމިގްރޭޝަން ވޮޗް ގެ އެހީގައި އިތުރު ރޭޑެއް - 4 މީހުން ހައްޔަރަށް

2 months ago

އަފްރާހް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި އިތުރުތަނެއް ރޭޑްކޮށްފިއެވެ.


އިމިގްރޭޝަނުން ވިދާޅުވީ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރ ކުރާ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއީ "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓު ކުރުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ވިދާޅުވިއެވެ.


އެތަނުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް އިމިގްރޭޝަނުން މިއަދު ޝުކުރު އަދާކޮށް، ވަނީ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓުކުރަމުން ގެންދިއުމަށް އެދިލައްވާފައެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހައިތަނަށް ގިނަ ބަޔަކު ހޯދައި، ބައެއް މީހުންނަށް ގާނޫނީ އިމުގެ ތެރެއަަށް ވަނުމަށް ފުރުސަތު ދެމުން ދެއެވެ. އަދި ބައެއް މީހުން ޑީޕޯޓު ވެސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު