އެމްއެންޔޫގެ ފޮތް މައުރަޒު އަންނަމަހު

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒު އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.


އެމްއެންޔޫ އިން ހާމަކުރައްވާފައިވާ ގޮތުގައި މި މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 12 އިން 14 ގެ ނިލަަށެވެ. އާންމުންނަށް ހުޅުވާލައިގެން ހިލޭ ބައިވެރިވެވޭގޮތަށް ބާއްވާ މި މައުރަޒު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ބޭއްވުމަށް ވަނީ ނިންމާފައެވެ.


މިއީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މައުރަޒެކެވެ. އަދި ޝާއިޢު ނުކުރެވި ހުރި އައު ފޮތްތަކާއި އެފަދަ ތަކެތި އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް ތަނަވަސް ކޮށްދިނުމަކީ ވެސް މަގްސަދެކެވެ.


މީގެއިތުރުން ފޮތަށް އަހުލުވެރިކުރުވައި، ފޮތް ކިޔުމުގެ އާދަ ދެމެހެއްޓުމުގެ ޝައުގު އުފެއްދުމާއި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދިނުމަކީ ވެސް މައުރަޒު ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު