އުސްތާޛާ ސާމިޔާގެ އަގުހުރި ނަސޭހަތް އިސްރަށްވެހިންނަށް!

2 months ago

އަފްރާހް

އިސްރަށްވެހިންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


އުސްތާޛާ ސާމިޔާ ޒަކަރިއްޔާ ނަންގަވައިދެއްވި މި ސެޝަން ބާއްވާފައިވަނީ އޮގަސްޓު 5 ވަނަ ދުވަހު އިސްރަށްވެހިންގެ ނާދީގައެވެ.


މި ސެޝަންގައި ހަޔާތުގައި ދިމާވާ އެކިއެކި ދަތިތަކާއި ކުރިމަތިލާނެ ގޮތާއި ދުޢާކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލައްވާ ވަނީ މައުލޫމާތު ދެއްވާފައެވެ.


މީގެއިތުރުން ދުޢާކުރުމުން އިންސާނާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޢުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.


އިސްރަށްވެހިންނަށް ޝައުގުވެރިވާނެފަދަ ގޮތަކަށް ސުވާލާއި ޖަވާބު ވެސް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވާއިރު، މިސެޝަނުން ވަރަށްގިނަ އައު މައުލޫމާތު ލިބިފައިވާކަމަށް ބައިވެރިން ވަނީ ހާމަކޮށްފައެވެ.


ސޯޝަލް މިނިސްޓްރީން ގެންދަވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކޮންމެ ހަފުތާއަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ކަސްރަތާއި ދީނީ ނަސޭހަތް އަދި ތަފާތު އެކި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު