ޑރ. ޢާއިޝަތު ޝިހާމްގެ ޝުކުރު ނޫސްވެރިންނަށް

2 months ago

އަފްރާހް

ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް، ނޫސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.


ހަވީރުގެ ސަޔަކާއެކު އޮގަސްޓު 5 ވަނަ ދުވަހު ހަވީރު އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ވުޒާރާގެ ޚަބަރުތައް ކަވަރުކޮށްދެއްވާތީ ޝުކުރުއަދާކުރެއްވިއެވެ.


މީގެއިތުރުން ނޫސްވެރިންނަށް ދިމާވާ ދަތިތަކާއި ޚަބަރާއި މައުލޫމާތު ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް ވަނީ އޮޅުން ފިލުއްވާފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.


ވަރަށް އެކުވެރި މާހައުލެއްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނޫސްވެރިންވަނީ އެ ވުޒާރާ އަކީ މައުލޫމާތު ހޯދުމަށް ފަސޭހަ ވުޒާރާއެއްކަން ފާހަގަކޮށްފައެވެ. އަދި މިހާރަށްވުރެ އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ވެސް ހިއްސާކުރިއެވެ.


މިނިސްޓަރ ވަނީ އެ ވުޒާރާގެ ފަރާތުން ނޫސްވެރިންނަށް އަބަދު ވެސް މަރުހަބާ ކިޔާ ކަމަށާއި ދެެވެން އޮތް އެންމެ ފުޅާ ދާއުރާއެއްގައި މައުލޫމާތު ފޯރުކޮށްދެއްވާނެކަަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު