ސައިބަރ ކްރައިމްއާ ގުޅޭ ބިލަށް ރައީސް ޔާމީންގެ ފާޑުކިޔުން

2 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސައިބަރ ކްރައިމްއާ ގުޅޭ ބިލަށްކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅޫ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ބިލްތައް ގާނޫނަކަށް ވެއްޖެ ނަމަ، ބޭނުންވާ ކޮންމެ މީހެއްގެ ފޯނާއި ކޮމްޕިއުޓަރުތަކުގައި ރައްކާކޮށްފައިވާ މައުލޫމާތު މޮނިޓަރކޮށް ބެލުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ.


އެމަނިކުފާނު ވިދާޅުވި ފުލުހުން ބާރުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ނުކުރާ ކަމަށާއި އެހެންވެ، ފުލުހުންނަށް އިތުރު ބާރުތައް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ އެ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއް ކަމަށެވެ.


މީގެއިތުރުން އެއީ ފަރުދީ މިނިވަން ކަމަށް އަރައިގަތުން ކަމުގައި ސިފަކުރައްވައި، ވަނީ އެފަދަ ގޮތަކަށް ހައްގުތަކަށް އަރައިގަތްކަމުގައި ވިޔަސް އެކަން ބެލޭނެ ގާނޫނީ އިންތިޒާމެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް އޮތް މުއައްސަސާ އަކީ އިންޓެގްރިޓީ ކޮމިޝަން ކަަމަށައި އެކަމަކު އެތަަނަށް މައްސަލައެއް ހުށަހެޅިޔަސް ކުރިއަށް ނުދާކަން ފާހަގަކުރެއްވިއެވެ.


އެމަނިކުފާނު ވަނީ ހަނގުރާމައާ ގުޅޭ ކަންކަމާއި އޯގަނައިޒްޑް ކުރައިމްއާ ގުޅޭ ތުހުމަތުތަކުގައި މުއާމަލާތްތައް އަޑު އެހުމުގެ ގާބިލްކަމާއި ބާރު ފުލުހުންނަށް މިހާރު ވެސް ލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ކޯޓު އޯޑަރެއް ހޯދައިގެން ފޯނު ފަދަ ޑިވައިސްތައް ވެސް ބެލޭކަން ފާހަގަކުރެއްވިއެވެ.


ރައީސް ޔާމީން ވިދާޅުވީ ފުލުުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ވާނީ ފުލުހުންގެ ޢަމަލުން ކަމަށާއި އިތުބާރު ގެއްލެނީ ބެހެން ނުޖެހޭ ކަންތައްތަކާ ބެހި، ކުރަން ނުޖެހޭ ވަރަށް އެކްސެސިވް ބާރު ބޭނުކުރާތީ ކަމަށެވެ.


ސައިބަރ ކުށްތަކާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެންދަނި ދިރާސާކުރަމުންނެވެ. އެއީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.


ކިޔުންތެރިންގެ ހިޔާލު

ޕީޖޭ

ކާމިނީ ވަގު ކުށްވެރިއެއް ކަމަށް ކަނޑައަޅާ ނިނަމައިފިން. 2009 އިން ފެށިގެން ފުލުހުންގެ ބާރުތައް ކުޑަކުރުމުން ގަވްމަށް ލިބުނު ގެއްލުން މިހާތަނަށް ފެނިއްޖެ.. އިތުރަށް ގޭންގުތަކަށް ބާރުދޭން ބޭނުމެއް ނޫން.. މިކަލޭގެ ސަރުކާރާއި ބެހިގަނެގެން ކޮން އެއްޗެއް ހޯދަން މިއުޅެނީ.. ކަލެއަށް ވީކަމަކީ ޗައިނާއިން ބޮޑަތި ލޯނު ނަގައި އަނބޮނޑި ބޮޑުކުރުން.. ރަށްފުށައް ނިސްބަތްވާ ދީނަށް ލޯބިކުރާ ރައީސަކު ހުރީމަ ހަޖަމު ނުވެގެން..ކުރިޔަށް އޮތްތަނުގައި ކާމިނީ ސިއްކަގޭ ބައިގަނޑަށް ވެރިކަން ނުލިބޭނެ..އިންޝާﷲ

2 months ago

ރަޝީދާ ފޭދޫ

ކަންކަމައްފާޑުކިޔޭވަރުގެ މީހެއްނޫން ތީ ތީވެސް މިގައުމައް ގައްދާރުވީމީހެއް ރައްޔަތުންބަލައިނުގަތީމާވެސް އަނގަމަޑުނުވެގެންތެޅެނީ ކާކުއޮޅުވަންބާ ރައްޔަތުންނައް އެނގޭ މިހާރުތިފާޑައްތެޅެނީ މާރަނގަޅުވެގެންނޫންކަން

2 months ago