ފޮރިން މިނިސްޓަރ ސައުދީ އަށް ވަޑައިގަންނަވަނީ

2 months ago

އަފްރާހް

ރާއްޖޭގެ ފޮރިން މިނިސްޓަރ މުސާ ޒަމީރު ސައުދީ އަރަބިއްޔާ އަށް މިރޭ ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.


މިއީ ފަލަސްތީން މައްސަލައާއި ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެއް ކަަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މިއީ ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާނުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅޭ ގޮތުން އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީން ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމެއް ކަަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ފަލަސްތީނާއި އިރާނުގެ ވެސް އެދުމުގެ މަތީން ބާއްވާ މި ބައްދަލުވުމުގައި އޯއައިސީގެ ހުރިހާ މެންބަރު ގައުމަކުން ވެސް ބައިވެރިވާނެއިރު، އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީގައި ހިމެނޭ އިތުރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ.


މި ބައްދަލުވުމުގެ މިނިސްޓަރު ޒަމީރު ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު ސައުދީ އަށް މިވަޑައިގަންނަވަނީ އެންމެ ދުވަހަކަށް ކަަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު