ކުނި މެނޭޖުކުުރުމާއި ކަނޑަށް ޕްލާސްޓިކް އެޅުން މަދުކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފި

2 months ago

އަފްރާހް

ކުނި މެނޭޖުކުުރުމާއި ކަނޑަށް ޕްލާސްޓިކް އެޅުން މަދުކުރުމަށް އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.


މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ޔޫއެސްއެއިޑް އާއި އެންވަޔަރްމަންޓް މިނިސްޓްރީ އަދި ވެމްކޯ އާއެކުގައެވެ.


މި އެއްބަސްވުންތަކަކީ ރާއްޖޭގެ މަގޭ ސާފު ރާއްޖެ ނެޝަނަލް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ޕޮލިސީ އެންޑް ސްޓްރެޓެޖީ އާއި ގުޅިގެން ހެދި އެއްބަސްވުންތަކެކެވެ.


މިކަަމަށްޓަކއި ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއޭއައިޑީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ފޯ އޭޝިއާ މައިކަލް ޝިފާ އާއި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.


މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް ދެ ގައުމުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެމްއޯސީސީއީއީ އާއެކު އެކުލަވާލާފައިވާ އެމްއޯޔޫގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި ޑޭޓާ އެއްކުރުމާއި މެނޭޖްމަންޓް އިތުރުކުރުމާއި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޔޫއެސްއެއިޑުން ވިދާޅުވެއެވެ.


މީގެއިތުރުން ވެމްކޯއާއެކު ވެވުނު އެމްއޯޔޫގެ މަގްސަދަކީ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ހަރުދަނާކުރުމާއި ގްރީން ޕްރޮކިއުމަންޓް ޕޮލިސީތައް އެކުލަވާލުމާއި ކުނި މެނޭޖްކުރުމުގައި ޖިންސުގެ ހަމަހަމަކަން ކުރިއެރުވުން ކަމަށް މައުލޫމާތު ދެއްވައެވެ.


ޔޫއެސްއެއިޑްގެ އޯޝަން ޕްލާސްޓިކް ރިޑަކްޝަން ޕްރޮޖެކްޓަކީ ޕްލާސްޓިކް އިންޕުޓް މަދުކުރުމަށާއި ކުނި މެނޭޖްކުރުމުގެ އާދަތައް ހަރުދަނާ ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު